ކޮރޯނާ ވައިރަސްގައި މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް

ޗައިނާއިން ފެނި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 213 އަށް އަރައިފިއެވެ. 

ޗައިނާގެ ހެލްތް ކޮމިޝަނުން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ހުބެއި ޕްރޮވިންސުން ވަނީ 42 މީހުން މަރުވެފައެވެ. އެއާއެކު މި ބަލީގައި ޗައިނާ އިން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 213 އަށް އަރާފައެވެ.

މީގެއިތުރުން މިދިޔަ 24 ގަަޑިއިރުތެރޭ ހުބެއި ޕްރޮވިންސުން މި ބަލި 1،220 މީހުންނަށް ޖެހިފައިވާއިރު، ޗައިނާ އިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9000 އަށް ވުރެ މައްޗަށް އަރާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުންވެސް މި ވައިރަސް މިހާރު ވަނީ ފެނިފައިވާ އިރު އެ ގައުމުތަކަކަކީ ތައިލެންޑް، ހޮންގކޮންގ، ޖަޕާން، ސިންގަޕޫރު، އޮސްޓްރޭލިއާ، ތައިވާން، މެލޭޝިޔާ، މަކާއު، ދެކުނު ކޮރެއާ، އެމެރިކާ ފްރާންސް، ޖަރުމަނު ވިލާތް، އެކުވެރި އަރަބި އިމާރާތް، ކެނެޑާ، އިޓަލީ، ވިއެޓްނާމް، ކެމްބޯޑިއާ، ފިންލޭންޑް، އިންޑިއާ، ނޭޕާލް، ފިލިޕިންސް އަދި ސްރީ ލަންކާ ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!