ވައިރަސްއާ ގުޅިގެން ޑަބްލިއުއެޗްއޯ އިން އެމަޖެންސީ އިއުލާންކޮށްފި

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔެ އަށް އެމަޖެންސީ އިއުލާންކޮށްފި އެވެ.

މިކަމާއި ގުޅިގެން އެޖަމިއްޔާގެ ޑިރެކްޓަރ ޖެނަރަލް ޑރ. ޓެޑްރޮސް އެޑްނަމް ވިދާޅުވީ މި އެލާޓަކީ ހަމައެކަނި ޗައިނާގައި މިބަލި ފެތުރެމުންދާތީ ނެރުނު އެލާޓެއްނޫންކަމަށެވެ. މިއީ ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުން މިބަލި ފެންނަމުންދިއުމާއި ގުޅިގެން މުޅިދުނިޔެއަށް ވައިރަސް ފެތުރިދާނެކަމުގެ ބިރުއޮތުމުން ނެރުނު އެލާޓެއް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ވިދާޅުވީ ބަލިކަށި ސިއްހީ ނިޒާމު ހުރި ގައުމުތަކަށް މި ބަލި ފެތުރިއްޖެނަމަ އޭގެ ސަބަބުން ކުރާނެ ގެއްލުން އަންދާޒާ ވެސް ކުރަން ދަތި ކަމަށެވެ.

ކޮރޯނާވައިރަސް އާއި ގުޅިގެން ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ނަމަވެސް ޗައިނާ އަށް ދަތުރު ކުރުން މަނާކުރުމާއި، ޗައިނާ އާއި އެކު ވިޔަފާރިގެ މުއާމަލާތްތައް ކުރުން ފަދަ ފިޔަވަޅެއް އަޅަން އަދި ނުފެންނަ ކަމަށް ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮން ވިދާޅުވިއެވެ.

މި ވައިރަސް މިހާތަނަށް ޗައިނާގެ 7000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، 170 މީހަކު ވަނީ މިހާތަނަށް މި ވައިރަސްގައި ޗައިނާ އިން މަރުވެފައެވެ. އަދި ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވެސް މި ވައިރަސް ޖެހިފައިވާ މީހުން އަންނަނީ ފެންނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!