ބިރުދެއްކި މައްސަލައިގެ ތަހުގީގަށް ހިޝާންގެ އެއްބާރުލުން ނުލިބޭތީ މީހަކު އަދި ހައްޔަރު ނުކުރެވޭ: ފުލުހުން

އަހުމަދު ހިޝާން އަށް މަރުގެ އިންޒާރުދީ ބަޔަކު ބިރުދެއްކި މައްސަލައިގެ ތަހުގީގަށް ހިޝާންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ ހިޝާނަށް ބިރު ދެއްކި މައްސަލާގައި އޭނާ އަށް ބިރު ދެއްކި މީހުން ހޯދުމަށްޓަކާ ކަން ހިނގި ތަނާއި، މަގު، ބިރު ދެއްކި ފާހަަގަވޭތޯ އާއި، އަދި ކިހިނެތްތޯ ސާފުކުރުމަށް ތަކުރާރުކޮށް ހިޝާނަށް ގުޅައިގެން ކުރި މަސައްކަތުން ވެސް މިފަދަ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

ފުލުހުން ސީސީޓީވީ ފޫޓޭޖު ހޯދަންވެގެން ހިސާން އަށް ބިރު ދެއްކި ސަރަހައްދާއި ބިރު ދެއްކި މީހާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީ މި މައްސަލާގައި އެއްވެސް މީހާކު ހައްޔަރުކޮށްފައި ނުވާނެ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވީ ހިސާން އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަހްގީގު ހިންގާ ފަރާތުންނާއި ވިކްޓިމް ސަޕޯޓްސް އިންވެސް ކުރި މަސައްކަތުން ހިސާން އާއި ބައްދަލުކުރުމަށް ހިސާން އުޅުއްވާ ތަނަކަށް ދިއުމަށްވެސް ހިސާން މިވަގުތު އުޒުރުވެރިވާތީ މި މައްސަލަ ތަހުގީގުކުރުމަށް ހުރަސް އެޅިފައި ވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!