ބީއެމްއެލްއަށް މިދިޔަ އަހަރު 926 މިލިއަން ރުފިޔާގެ ފައިދާއެއް

މިދިޔަ އަހަރު ފައިދާގެ ގޮތުގައި 962 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު %2 އިތުރުވެފައެވެ. އަދި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 2019 ވަނީ 962 މިލިއަން ރުފިޔާ ލިބިފައެވެ.

ހިންގުމުގެ ޚަރަދާއި ޕްރޮވިޝަން ޗާރޖު އިތުރު ވެފައިވާތީ ކުރިންވެސް ލަފާކުރެވުނު ފަދައިން މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށާއި ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ 3 ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.

ކުއާޓަލީ ރިޕޯޓްގައި ދައްކާ ގޮތުގައި، ބީއެމްއެލްއަށް ހިންގުމުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ، 2.15 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ޖުމްލަ ފައިދާގެ ގޮތުގައި، 1.32 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އިންކަމް ޓެކުހަށް ވަނީ، 355.96 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ނުދައްކާ ހުރި ލޯންތަކުގެ ޕްރޮވިޝަންއަށް މިދިޔަ އަހަރު ވަނީ، 288.14 މިލިއަން ރުފިޔާ ކަނޑައިފަ އެވެ. އަދި ބޭންކުގެ ހިންގުމުގެ ހަރަދަށް ވަނީ، 540.23 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!