ކޮރޯނާ ވައިރަހަށް އައްޑޫ ހޮސްޕިޓަލް ތައްޔާރުވެއްޖެ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ވެސް އޮތީ ތައްޔާރަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ ޝާފީ މުޙައްމަދު ޙުސައިން “ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ހޮސްޕިޓަލުގައި ހަތަރު އެނދުގެ އައިސޮލޭޝަން ވޯޑެއް ގާއިމު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި ވޯޑް ހުންނަނީ ހޮސްޕިޓަލުގެ މައި ޢިމާރާތާ ވަކިން ކަމަށާއި އެތަނުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ފަރުވާ ދިނުމުގެ ހުރިހާ ކަމެއް ކުރެވޭނެ ގޮތަށް ކަމަށްވެސް ޝާފީ ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓްގައި ތާމަލް ކެމެރާ ބެހެއްޓި ޕަބްލިކް ހެލްތުގެ ބެލުމުގެ ދަށުން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރެވެމުން ދާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ ކޮރޯނާ ވައިރަހަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ. އެގޮތުން މިވައިރަހަށް ޝައްކުކުރެވޭ މީހުންނާމެދު ޢަމަލް ކުރާނެ ގޮތާއި އާޕޯޓުތަކުގައި ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ބަލިމީހުންނަށް ފަރުވާދިނުމުގައި އަމަލު ކުރާނެ ގޮތްތަށް ވަނީ ކަނޑައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!