ވޫހާނުން އަންނަ ދިވެހިން ރާއްޖެ ގެންނަނީ އެހެން ގައުމެއްގައި ކަރަންޓީނު ކުރުމަށްފަހު

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ރާއްޖެ ގެނެވެން އޮތީ އެހެން ގައުމަކަށް ގެންދިއުމަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސް ޕްރިވެންޝަން ކޯޑިނޭޝަން ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިހާރު ބަންދުކޮށްފައި އޮތް ވޫހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ވެގެން އެމްބަސީގައި ރަޖިސްޓްރީ ވެފައި ވަނީ ހަތް ދިވެހިން ކަމަށެވެ. އަދި އަނެއް ދެ ދިވެހިން ރާއްޖެ އަންނަން ބޭނުން ނޫން ކަމަށް ބުނެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދު ވިދާޅުވީ މިފަދަ އޮޕަރޭޝަންތައް ކުރިޔަށް ގެންދެވޭނީ ބޭރުގެ ކޮންމެވެސް ގައުމަކާއި ގުޅިގެން ކަމަށެވެ. އެކަން އެހެން އޮތް ނަމަވެސް ވޫހާންގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ލަސްތަކެއް ނުވެ ގެންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި އެ ހަތް މީހުންގެ އާއިލާތަކަށް މިނިސްޓަރު ޝާހިދު ވަނީ ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!