ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކަށް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ އާއި އަދިވެސް މި ބަލި ފެތުރެމުންދާ ގައުމުތަކަށް ދިވެހިން ދަތުރުކުރުމާ ގުޅޭ ޓްރެވެލް އެޑްވައިޒަރީއެއް މިއަދު ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

“ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރައްވާ” ޝާހިދު ވިދާޅުވިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 170 މީހަކު މަރުވެފައިވާއިރު، މި ބަލިން ރައްކާތެރި ވުމަށްޓަކައި ރާއްޖެއިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!