ނުރައްކާތެރި ބަލިތަކާ ގުޅިގެން ނަމާދުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފި

ނުރައްކާތެރި ބަލިތައް ފެތުރެމުންދާތީ، މިރޭން ފެށިގެން ނަމާދުގައި ޤުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްއާއި ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން، ޤުނޫތު ނާޒިލާ ކިޔާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް މިފަދަ ބައެއް ހާލަތްތަކުގައި ގުނޫތު ކިޔަވަން އަންގާފައިވެ އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 170 މީހަކު މަރުވެފައިވާއިރު، މި ބަލިން ރައްކާތެރި ވުމަށްޓަކައި ރާއްޖެއިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!