ޗައިނާ އިން ސީދާ ރާއްޖެ އަށް ދަތުރުކުރާ ފްލައިޓްތައް މެދުކަނޑާލަައިފި

ޗައިނާއިން ރާއްޖެ އަށް ސީދާ ކުރަމުންދާ ދަތުރުތައް މެދުކަނޑާލަަން ސަރުކާރުން ނިންމައިފިއެވެ.

ކޮރޯނާ ވައިރަސް ޕްރިވެންޝަން ކޯޑިނޭޝަން ކޮމިޓީއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެ އައުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އޭގެ އިތުރުން، ސަރުކާރުން ވަނީ މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ނަމާދުގައި ގުނޫތު ކިޔަމުންދާގޮތަށް ނިންމަވާފައިވާ ކަމަށެވެ. އަދި ދިވެހިން ދަތުރުފަތުރު ކުރުމާއި ގުޅޭގޮތުން ޓްރެވެލް އެޑްވައިޒަރީއެއް ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!