ހުޅުލޭގެ އިރުމަތީ ފަރާތު ބޭރުގައި ސިފައިން ބަޑިއާއެކު ތަމްރީނެއް

މައި އެއާޕޯޓު އޮންނަ ހުޅުލޭގެ އިރުމަތީ ފަރާތު ބޭރުގައި ސިފައިން ބަޑިއާއެކު ތަމްރީނެއް ހިންގަން ހަމަޖެހިފައިވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީއިން އިލްތިމާސް ކޮށްފި އެވެ.

ސިފައިންގެ ތަމްރީނު ކުރިއަށް ދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ ހުޅުލޭ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލް ބޭރުގަ އެވެ.

މި ތަމްރީނުތަކާބެހޭ ގޮތުން ސިފައިންގެއިން އެއްޗެއް ބުނެފައި ނުވާއިރު ޓްރާންސްޕޯޓުން ބުނީ އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑި ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!