ކޮރޯނާ ވައިރަަސް ޖެހިފައިވާ އިތުރު ތިން މީހަކު ސިންގަޕޫރުން ފެނިއްޖެ

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަަސް ޖެހިފައިވާ އިތުރު ތިން މީހަކު ސިންގަޕޫރުން ފެނިއްޖެ އެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 56 އަހަރުގެ ދެ ފިރިހެނުންނާއި 56 އަހަރުގެ އަންހެނެއް ކަމަށެވެ.

މި އެންމެންނަކީ ވެސް ޗައިނާ އަށް ނިސްބަތްވާ މީހުން ކަމަށާއި އަދި މި މީހުންނަކީ ޗައިނާގެ ވޫހާން ސިޓީން ސިންގަޕޫރަށް އައި މީހުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ވޫހާން އަކީ މި ބަލި އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ބޮޑަށް ފެތުރެމުން އަންނަ ސިޓީ އެވެ.

މި ތިން މީހުންނާއެކު ސިންގަޕޫރުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ވޫހާން ސިޓީން ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!