މާލެ ފަޅުތެރޭގައި އޮތް ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މާލެ އުތުރު ފަރާތު ފަޅުތެރޭގައި އޮތް ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ، މާލެސިޓީ އުތުރު ފަރާތު ފަޅުތެރޭގައި އޮތް “ހޯކް އޯކިޑް” ނަމަކަށް ކިޔާ ލޯންޗެއް ދިޔާވާކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 02:25 ހާއިރު ކަމަށް ބުނެއެވެ. މި މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ އޭރިއާ ކޯސްޓް ގާޑްގެ ސްކުއަޑްރަންގެ ޑައިވަރުން ޕަންޕު ބޭނުންކޮށް، ދިޔަވުން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ލޯންޗުގައި 3 ދިވެހިން ތިބި ކަމަށެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ދިޔަވުން ކޮންޓްރޯލް ކޮށްފައިވަނީ ރޭ ފަތިހު 4:15 ހާއިރުކަމަށާއި، ލޯންޗް މިހާރު ދަތުރު ކުރަމުންދަނީ ތިލަފުއްޓަށް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!