ފޮޓޯ: ޑެއިލީ މަެއިލް

ކޮރޯނާ ވައިރަސް ގެ ވެކްސިން އުފެއްދުމަށް ޖެކް މާ 11 މިލިއަން ޕައުންޑް ޑޮނޭޓް ކޮށްފި

ކޮރޯނާ ވައިރަސްގެ ވެކްސިން އުފެއްދުމަށް އެހީ ވުމުގެ ގޮތުން ޗައިނާގެ މިލިއަނާރ ޖެކް މާ 11 މިލިއަން ޕައުންޑް ( 14.4 މިލިއަން ޑޮލާރ) ޑޮނޭޓް ކޮށްފިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ސަބަބުން ވަނީ 133 މީހުން މަރުވެފައިއެވެ. އަލީބާބާ ވުޖޫދަށް ގެނައި ޖެކް މާ މި ދީލަތި ޑޮނޭޝަން މެދުވެރިކޮށެވެ. އެންޑއުންމެންޓުގެ 40 ޕަސެންޓް ވެކްސިން އުފެއްދުމަށް މިހާރު މަސައްކަތް ކުރަމުން ދާ ” ޗައިނާ އެކަޑަމީ އޮފް ސައިންސް ” އާއި ” ” ޗައިނާ އެކަޑަމީ އޮފް އިންޖިނިއަރިން” އަށް ހަމަ ހަމަ އަށް ބަހައި ލެވޭނެއެވެ.

ޖެކް މާ ދެއްވި އެހީ ގެ ބާކީ ބައި ދޭނީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ކޮރޯނާ ވައިރަސް ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!