ވޫހާން ވައިރަަސް ފެތުރިދާނެތީ ރާއްޖެއިން ފިޔަވަަޅު އަޅަނީ ޑަބްލިއުއެޗްއޯގެ އިރުޝާދާ އެއްގޮތަށް: ޑަބްލިއުއެޗްއޯ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ކަމާ ބެހޭ އެހެން އިދާރާތަކުން ފިޔަވަޅު އަޅަމުން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިރުޝާދާ އެއްގޮތަށް ކަމަށް އެ ޖަމިއްޔާ އިން މިއަދު ބުނެފި އެވެ.

މިހާރު ނޫހަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖޭގައި ޑަބްލިއުއެޗްއޯގެ ފަރާތުން ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރު ވިދާޅުވީ ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ރީޖަނަލް އޮފީހާއި ރާއްޖޭގައި ހުންނަ އޮފީހުގެ އިރުޝާދާއި އެހީތެރިކަމާ އެކު ހެލްތު މިނިސްޓްރީން އެޅި ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށެވެ. ކޮރޯނާވައިރަސް އަރާފައިވާ މީހަކު އެތެރެވެދާނެތީ ބަލަމުން އަންނަ ބެލުންތަކާއި ޝައްކުވާ މީހެއް ފެނިއްޖެ ނަމަ އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާފައިވާ ގޮތް ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

މާތޫރު ވިދާޅުވި ގޮތުގައި ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ ފަދަ އަލާމާތްތަކެއް ފެނިއްޖެ ނަމަ އެކަން އަންގަން ހޮޓްލައިންއެއް ގާއިމްކޮށްފައި ވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ދިނުން ފަދަ ކަންތައްތައް ވެސް ރާއްޖެއިން ކުރަމުން އަންނަނީ ވަރަށް ރަނގަޅަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!