މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހިންނަވަރަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ، މިތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން ހިންނަވަރަށް ދަތުރުކުރަމުންދާ ބޯޓަކުން ބަނގުރާ ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 05:13 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
“މި އޮޕަރޭޝަނުގައި، ހިންނަވަރަށް އެ ބޯޓު އައުމުން ބަލައި ފާސްކުރިއިރު ބޯޓުގައިހުރި ފޮއްޓެއްގެ ތެރެއިން 10 ފުޅި ބަނގުރާ ފެނިފައިވޭ.” ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، 10 ފުޅި ބަނގުރާ އަތުލައިގަނެވުނު ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.
މިމައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.