ކޮރޯނާ ވައިރަހާއި ގުޅިގެން ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނަރތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވީ ހޭންޑް ސްކޭނަރތައް ގެނައުމުގެ އިތުރުން އެއަރޕޯޓުތަކުގެ ދޮރާށިތަކުގައި ސްކްރީނިންގ ކެމެރާތައް އިތުރަށް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައިވާކަމަށެވެ.
ކޮރޯނާ ވައިރަހާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އަދި އިތުރަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައިވަނީ އެއަރޕޯޓުތަކުގެ ސްކޭނިންގ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ކަނޑުމަގުން އަންނަ އެކި އުޅަނދުތަކުގައި އަންނަ މީހުން ސްކްރީންކުރުމަށް ބަނދަރުތަކުގައި ބޭނުންކުރާނެ ހޭންޑް ސްކޭނާތައް ގެނައުމުގެ މަސައްކަތް އެސްޓީއޯ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. އެގޮތުން ކަނޑު ބޯޓާއި ކްރޫޒްލައިނާތަކާއި ޔޮޓުތަކުގައި އަންނަ މީހުންވެސް ސްކްރީން ކުރަމުން ގެންދާނެއެވެ.
މީގެ އިތުރުން މިބައްދަލުވުމުގައިވަނީ ވަނީ ކޮރޯނާއަށް ޝައްކުކުރެވޭ މީހަކު ފެންނަ ޙާލަތުގައި ޢަމަލުކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.