ވެލާނާ އިންޓަނޭޝަނަލަށް އެއަރ ޕޯޓަށް މިއަދު ގެއްލުނު ފުޅިމަދު ފޮށިގަނޑު ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެއަރ ޕޯޓަށް ފުޅިމަދު ފޮށިގަނޑެއް ގެއްލިގެން އާންމު ފަރާތަކުން ޝަކުވާ ހުށައަޅާފައި ވަނީ މއިަދު 10:30 އެހާކަންހާއިރު ކަމަށެވެ. މީގެ ގަޑިއެއްހާއިރު ކުރިން ފުލުހުން ވިދާޅުވެފައި ވަނީ އެ ޝަކުވާއާއި ގުޅިގެން އެއަރޕޯޓް ޕޮލިސް ކުރި މަސައްކަތުން އެ ފޮށިގަނޑު ހޯދައި އޭގެ ވެރިފަރާތާއި ވަނީ ހަވާލުކޮށްފައިކަމަށެވެ.
މި ފޮށިގަނޑު ފެނުނުތަނެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ފޮށިގަނޑުގައި ވަނީ ކޯންޗެއްކަމެއްވެސް ސާފެއް ނުވެއެވެ.