ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132އަށް އަރައިފި

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަކަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާ އިން އިތުރު 1459 މީހުން ބަލި ޖެހި، ޗައިނާ އިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 5974 އަށް އަރައިފިއެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ހިސާބަކުން ކޮރޯނާވައިރަސްއަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 6053 އަށް އަރައެވެ.

އަދިވެސް މިވައިރަސް ދާނީ ހަލުވި ކަމާއި އެކު ފެތުރެމުން ކަމުގައި ކަމާއި ބެހޭ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް މިވައިރަސްގެ ސަބަބުން 132 މީހުން މަރުވެފައިވާކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކުން ވަނީ ހާމަކަށް ކޮށްފައެވެ. އަދި ވައިރަސްޖެހިގެން މިހާތަނަށް 976 (ނުވަސަތޭކަ ހަތްދިހަ ހައެއް) މީހުންގެ ހާލު ސީރިއަސް ވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކޮށްފައި ވެއެވެ. އަދި 5974 (ފަސްހާސް ނުވަސަތޭކަ ހަތްދިހަ ހަތަރެއް) މީހުންނަށް މިވައިރަސް ޖެހިފައިވާ ކަމުގައިވެސް ޑަބުލިޔުއެޗްއޯއިން ހާމަކޮށްފައިވެއެވެ.

މިހާތަނަށް ކޮރޯނާ ވައިރސްއަށް ޕޮޒިޓިވްވި މީހުން އެންމެ ގިނައިން ތިބީ ޗައިނާގައެވެ. އެއީ ޖުމްލަ 4537 މީހުންނެވެ. ތައިލެންޑުން 14 މީހަކު މިވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ. ހޮންކޮންގުން 8 މީހުންނަށް މިވައިރަސް ޖެހިފައި ވާއިރު ޓައިޕެއާއި މަކާއުގެ ވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 7 އަށް މަތިވެފައެވެ. ސިންގަޕޫރުގައިވެސް ވަނީ 7 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ. ޖަޕާނުން 6 މީހުން ޕޮޒިޓިވްވެފައި ވާއިރު އޮސްޓްރޭލިއާއިން 5 މީހުން ޔޫއެސްއޭއިން 5 މީހުންވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މެލޭޝިއާއިން 4 މީހުން ރިޕަބްލިކް އޮފް ކޮރެއާއިން 4 މީހުން ޕޮޒިޓިވްވެފައިވާއިރު ފްރާންސުންވަނީ 3 މީހުން މިވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެއިތުރުން ކެނެޑާއާއި ވިއެޓްނާމް، މިއިން ކޮންމެ ޤައުމަކުން 2 މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި ނޭޕާލް، ކެމްބޯޑިޔާ ސްރީލަންކާ އަދި ޖަރމަނީއިން ފެނިފައި ވަނީ ކޮންމެ ޤައުމަކުން ކޮރޯނާއަށް ޕޮޒިޓިވް އެންމެ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!