The human coronavirus causes respiratory infections (colds), and gastroenteritis. Image made from a transmission electron microscopy view. Approximate viral diameter: 80 to 160 nm. (Photo by: Cavallini James/BSIP/Universal Images Group via Getty Images)

އޮސްޓްރޭލިއާގެ ސައިންސްވެރިން ކޮރޯނާ ވައިރަސް އުފައްދައިފި

ޗައިނާގެ ވޫހާން އިން އުފަންވެ މުޅި ދުނިޔެ އަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް، އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދައިފި އެވެ.

މިހާތަނަށް ހައެއްކަ ހާސް މީހުންނަށް ވައިރަސް އަރައި އޭގެ ތެރެއިން 132 މީހަކު މަރުވެފައި ވާއިރު، ސައިންސްވެރިންގެ މި ކާމިޔާބީ އަކީ ބައްޔާ ދެކޮޅަށް ވެކްސިން އުފައްދައި ފަރުވާއެއް ހޯދަމުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ސައިންސްވެރިން ވެސް ވަނީ ވައިރަސް އަމިއްލަ އަށް އުފައްދައި ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޗައިނާގެ ސައިންސްވެރިން ވައިރަހުގެ ޖީނޯމް ސީކްއެންސް އެހެން ސައިންސްވެރިންނާ ހިއްސާކުރި ނަމަވެސް ވައިރަސްއެއް ނުދެ އެވެ. އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނީ އެ މީހުން އުފެއްދި ވައިރަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އާ ހިއްސާކުރާނެ ކަމަށެވެ. އެއީ ބައްޔަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ހަލުވިކުރުމުގެ ގޮތުންނެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ހާއްސަ ލެބެއްގައި މަސައްކަތްކުރާ ރިސާޗަރުން ވިދާޅުވީ ކޮރޯނާ ވައިރަހުގެ ކޮޕީއެއް އުފެއްދީ ވައިރަސް ހުރި މީހެއްގެ ސާމްޕަލުން ކަމަށެވެ.

“އަޅުގަނޑުމެން މިފަދަ ހާދިސާއަކަށް ތައްޔާރުވަމުން އަންނަތާ އެތައް އެތައް އަަހަރެއް ވެއްޖެ. މި ކަމުގައި މިހާ އަވަހަށް ޖަވާބެއް މި ދެވުނީ އެ ސަބަބާ ހެދި،” ޕީޓަ ޑޮހާޓީ އިންސްޓިޓިއުޓް ފޯ އިންފެކްޝަން އެންޑް އިމިއުނިޓީގެ ޑރ. މައިކް ކޭޓަން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!