8 ވަނަ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އެއްކޮށް ނައްތާލާފައި ވަނިކޮށް އަލުން ފެތުރެން ފަށާފައިވާ ހިމަބިއްސަށް އިތުރު މީހަކު އަނެއްކާވެސް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ 16 ސާމްޕަލްގެ ޕީސީއާރު ޓެސްޓު އަދި ފަސް ސާމްޕަލް އެލައިޒު ޓެސްޓު ހަދާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މިހާތަނަށް ތަހުލީލުކޮށް ނިމިފައިވާ ސާމްޕަލްތަކުގެ ޖުމްލަ އަދަދަކީ 129 ކަމަށެވެ. މިހާތަނަށް ހިމަބިއްސަށް 8 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!