ކޮރޯނާ ވައިރަސް: ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް ގާއިމުކޮށްފި

ޗައިނާގެ ވޫހާން އިން މުޅި ދުނިޔެއަށް ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް ގާއިމުކޮށްފިއެވެ.

ކޮރޯނާ ވައިރަސް ޖެހިއްޖެ ހާލަތުގައި އެ ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ހަމައެއާއެކު މި ރޯގާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާ ކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް ދެ އައިސޮލޭޝަން ފެސިލީޓީއެއް ހަމަޖައްސާފައިވާ ކަމަށް ވެސް ސަރުކާރުން ބުނެއެވެ. އެގޮތުން 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމުކޮށްފައި ވެއެވެ.

ވޫހާން ރޯގާ ޗައިނާގެ ވޫހާން ސިޓީގައި އާންމުވެ، ދުނިޔޭގެ އެކި ގައުމުތަކުންވެސް އެ ރޯގާ ޖެހިފައިވާ މީހުން ފެންނަމުން ދާތީ ދިވެހި ސަރުކާރުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިރޯގާ ޖެހިފައިވާ މީހުން އަންނަނީ ފެންނަމުންނެވެ. 

އެގޮތުން މިއަދު ވަނީ ޔޫއޭއީން ކޮރޯނާ ވައިރަސް ގެ ފުރަތަަމަ ކޭސް ރިޕޯޓް ކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!