ޔޫއޭއީ އިން ކްރޯނާ ވައިރަސް ފެނިއްޖެ، އެ ގައުމުގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީ ކުރަން ވަނީ އެދިފައި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވުހާން ވައިރަސް މިއަދު ފެނިއްޖެއެވެ. ކްރޯނާ ވައިރަސް ޗައިނާއިން ފެނުމާއި އެކު، ޔޫއޭއީގައި ތިބި ހުރިހާ ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން އެމަބްސީއިން ވަނީ އެދިފައެވެ.

އެންމެ ފުރަތަމަ ޗައިނާ އިން ފެނި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ވުހާން ވައިރަސްއާ ގުޅިގެން، ބޭރު ގައުމުތަކުގައި ތިބި ދިވެހިން އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުގައި ދަނީ ރަޖިސްޓްރީވަމުންނެވެ.

ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރެއްވި ޓްވީޓްގައި ހާމަކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޔޫއޭއީގައި ތިބި ހުރިހާ ދިވެހިން ވެސް އެ އެމްބަސީގައި ރަޖިސްޓްރީވާން އެދޭ ކަމަށާއި އޮންލައިން ޕޯޓަލެއް ހަދައި، އެ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްބަސީ ގައި ރަޖިސްޓްރީ ވުމަށް އެމްބަސީއިން ފޯރުކޮށްފައި ލިންކް ތިރީގައި މިވަނީއެވެ.

https://bit.ly/2TZKg3U

ވުހާން ވައިރަސް ހުރި މީހުންގެ އަދަދު އިތުރުވަމުން ދާއިރު، މަރުވި މީހުންގެ އަދަދު 132 އަށް މިހާރު ވަނީ އަރައިފަ އެވެ.

ރާއްޖެއިން މިހާތަނަށް އެ ވައިރަސް ހުރި މީހަކު ފެނިފައި ނުވިޔަސް، ސަރުކާރުން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!