ޔޫއޭއީން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

ނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވުހާން ވައިރަސް ފެނިއްޖެއެވެ.

މި ބަލި ފެނިފައި ވަނީ ވުހާން އިން ޔޫއޭއީ އަށް ދިޔަ މީހެއްގެ ގައިންނެވެ. އެ މީހާ އާ ބެހޭ މައުލޫމާތު ހިއްސާ ނުކުރި ނަމަވެސް އެ ގައުމުގެ ހެލްތް މިނިސްޓްރީން އިން ވަނީ މިކަން ކަށަވަރު ކޮއްދީފައިއެވެ. އެ މީހާ އަށް މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މިހާ ތަނަށް 132 މީހުން ވަނީ މަރުވެފައިއެވެ. އަދި ދުނިޔޭގެ އެކި ސަރަހައްދު ތަކުން 6000 މީހުން ވަނީ މި ބަލި ޖެހިފައިއެެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީއިންނެވެ.

މިއީ މި ބަލިޖެހިގެން ޔޫއޭއީ އިން ރިޕޯޓް ކުރި ފުރަތަމަ ކޭސް އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!