ތި ހީކުރާ ވަރަށް ވުރެ ވެކްސިން ދިނުން މުހިންމު!

ވެކްސިންދިނުމާ އޭގެ ފައިދާއާބެހޭގޮތުން އަހަރެމެންގެ ތެރޭގައިވެސް ނުބައިހީތަށްކުރާ އަދި ވެކްސިން ދިނުމާ ދެކޮޅު ބަޔަކު އުޅޭކަމީ ފާޅުވެ އިގެން އޮތްކަމެކެވެ. ވެކްސިން ނުޖަހާ ބަޔަކު ތިބުމުގެ ސަބަބުން މި ކުޑަކުޑަ ގައުމުން ނައްތާލެވިފައިވާ ބަލިތަށް އަލުން ފެނި ފެތުރުގެން ދިޔުމުގެ ފުރުސަތު އިތުރުވެގެންެދެއެވެ. އޭގެ މިސާލަކަށް މީގެ ތިންއަހަރުކުރިން މިގައުމުން ނައްތާލެވިފައިވާ ބައްޔެއްކަމުގައިވާ މީސުލްސް ނުވަތަ ހިމަބިހި ޖެހިފައިވާކަން ޔަގީންކުރެވޭ ބަޔަކު މިވަނީ ދާދިމިދާކަށް ދުވަހު ފެނިފައެވެ.

އެގޮތުން ހަރުކަށި ފިކުރާ ދެކޮޅަށް  ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގައި ފުލުހުން ވަނީ އެއް އާއިލާއެއްގެ ތިން  ކުއްޖަކަށް ވެކްސިން ދީފައިއެވެ. ފުލުހުން ބުނީ މައިންބަފައިންގެ އަތުން ކުޑަ އަންހެން ކުއްޖަކު އަތުލީ ކުޑަކުދިންނަށް ކިޔަވައިދިނުމަށާއި ވެކްސިން ދިނުމަށް އެއާއިލާއިން އިންކާރު ކުރާތީ ފުލުހުންގެ ހާޒިރުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ނަސޭހަތް ދިނުމުން ވެސް ގަބޫލުނުކުރުމުން ކަމަށެެވެ..

ފާހަގަކޮށްލަންޖެހޭ އެންމެ މުހިއްމުކަމަކީ މިބަލި ޖެހުނު ކަމަށް ރެކޯރޑް ކުރެވިފައިވާ ކުޑަކުއްޖާއަކީ މީސްލްސް އިން ރާއްކާތރެިވުމަށް ވެކްސިންނުދީ ވާކުއްޖެއްކަމެވެ.ހަމައެއާއިއެކު ފާހަގަކޮށްލަން ޖެހޭ އަނެއްކަމަކީ ހިމަބިއްސަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވިއްޖެނަމަ ފުރިހަމަ ރައްކާތެރިކަން ލިބޭނޭ ބައްޔެއްކަން އަޅުގަނޑުމެންނަށް އިގެން އޮތްއިރު ވެކްސިން ފުރިހަމަ ނުކޮށް ތިބުމަކީ އަޅުގަނޑުގެމެންގެ ލޯބިވާ ދަރިންނާއި ގާތްތިމާގެ މީހުންނަށް އިހުމާލުވެވުން ނޫންތޯއެވެ.

ފުރަތަމަ ވެކްސިނެއް ހޯދިފައިވަނީ ދުނިޔޭގެ ތިންމިލިޔަނާއި ފަސްމިލިޔަނާއި ދެމެދުގެ ބަޔަކު އެބަޔެއްގައި ދުނިޔެދޯކޮށްފައިވާ ކަށިވިދުރި ނުވަތަ ސްމޯލް ޕޮކްސްއަށެވެ. މި ބައްޔަށް ހޯދުނު ވެކްސިން ބޭނުންކޮށް އެބަލި މިވަނީ މުޅި ދުނިޔެއިން ނައްތާލެވިފައެވެ. މިކަމުންވެސް ވެކްސިން ޖެހުމުގެ މުހިންމުކަން ހުރިވަރު ވަޒަންކޮށްލެވޭނެ ނޫންތޯއެވެ.

ވެކްސިނަކީ އިންސަނާގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ގިނަ ބަލިތަކަކުން ސަލާމަތްކުރުމަށް އެހީވެދިނުމަށް ހަށިގަނޑަށް ފޮނުވާލެވޭ ބައިތަކަށް ކިޔާނަމެކެވެ. ވެކްސިން އިންސާނާގެ ހަށިގަޑަށް ފޮނުވާލުމުން ، ތަފާތު ބަލިތަކުން ސަލާމަތްވުމަށް ހަށިގަނޑު ތައްޔާރުކޮށްދެއެވެ. އަދި އެބަލި ހަށިގަނުޑުގެ ތެރޭގައި ފެތުރި އެހެންމީހުންނަށް އެމީހާގެ ފުށުން ބަލި ފެތުރުން ވެސް ހުއްޓުވޭކަމަށް ދިރާސާތަކުން ވަނީ އެގިހާމަވެފައެވެ.

ބައެއްްކަހަލަ ގިނަ އަރިދަފުސް ރޯގާ ނުވަތަ އެޒާތުގެ ބައެއްބަލިތކަކީ އިންސާނާގެ ހަށިގަޑަށް މާބޮޑެތި އުދަގޫތަކެއް ނުފޯރާބަލިތަކެއް ކަމުގައިވީނަމަވެސް، ޕޯލިއޯ، ސްމޯލްޕޮކްސް ފަދަ ބަލިތަކަކީ ، މީގެން ބައްޔެއްޖެހިއްޖެނަމަ ފުރާނައަށް ނުރައްކާވާ ނުވަތަ ހަށިގަނޑު އައިބުކޮށްލާވަރުގެ ނުރައްކާތެރި ބަލިތަކެކެވެ. މީގެ އިތުރުންވެސް ވެކްސިން ޖަހާގެން ރާއްކާތެރިވެވޭ މީސްލްސް، ރުބެއްލާ، ޑިޕްތީރިޔާ، ހެޕަޓައިޓިސް ބީ ފަދަ ބަލިތަކާކީ އެބައްޔެއްޖެހިއްޖެނަމަ ވޭންބޮޑު އެހާމެ ތަކްލީފް އުފުލާންޖެހޭނޭ ބަލިތަކެކެވެ. ވެކްސިން ޖަހާގެން ރައްކާތެރިވެވޭ ބަލތަކަށް ވެކްސިންޖަަހާ އެފަދަ ބަލިތަކުން ސަލާމަތްވެ ތިބުމަކީ މުޖުތަމައު މިފަދަ ބަލިތަކުން ރާއްކާތެރިކޮށްދިނުމަށް ކޮށްދެވޭނެ މުހިންމު އަގުބޮޑު މަސައްކަތެއްކެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!