ޖަޕާނުގެ މަހުޖަނާ އެކު ހަނދަށް ދާން 20 ހާސް މީހުން

ޖަޕާނުގެ މަޝްހޫރު މަހުޖަނު ޔުސާކޫ މައެޒާވާއާ އެކު ހަނދަށް ދާނެ އަންހެނަކު ހޯދަން ހުޅުވާލައި ސުންގަޑި ހަމަވި އިރު 20،000 މީހުން ކުރިމަތިލައިފި އެވެ.

އޭނާއާ އެކު ހަނދަށް ދާނެ މީހަކު ހޯދަން، ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިމަހުގެ 17 ވަނަ ދުވަހު އެވެ. މީޑިއާތަކުން ބުނީ ސުންގަޑި ހަމަވި އިރު 20،000 އަންހެނުން ކުރިމަތިލުމަކީ ބިލިއަރު އުންމީދުކުރި ވަރަށް ވެސް ބޮޑު ތަރުހީބެއް ކަމަށެވެ.

އަދި އޭނާއާ އެކު ހަނދަށް ދާން ކޮލިފައިވާ މީހަކު އިއުލާންކުރުން އޮންނާނީ އަންނަ މާޗް މަހުގެ ފަހުކޮޅު އެވެ.

ޔުސާކޫއާ އެކު ހަނދަށް ދާނެ މީހަކު ހޯދަން އިއުލާންކުރި އިރު، ޝަރުތުތަކުގެ ތެރޭގައި ހިމެނުނީ 20 އަހަރުން މަތީގެ ހުސްހަށިބައި މީހަކަށްވުމާއި ޖައްވީ ދަތުރުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިވާ މީހަކަށްވުމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!