ރައީސްގެ ލަފާފުޅުގެ މަތިން ޗައިނާގައި ތިބި ދިވެހިން ހިލޭ ރާއްޖެ އާދެވޭނެ ގޮތް ވަނީ ހަމަޖެހިފައި: އަބްދުﷲ ޝާހިދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ ލަފާފުޅުގެ މަތިން ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ރާއްޖެއަށް އެނބުރި އައުމުގެ ފުރުސަތު ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންއިން ޗައިނާއަށް ދަތުރުކުރާ ފަސްމަންޒިލުން ދިވެހިން ހިލޭ ރާއްޖެ ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އެ ފަސް މަންޒިލަކީ ޗޮންޒިންގް، ޗެންގްޑޫ، ހަންގްޒޫ، ނަންޖިން އަދި ޒިއާން އެވެ.

ޗައިނާއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވާ ދިވެހިން ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި އިރުޝާދު ދެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!