މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ގެ މެމްބަރެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ރެޖިސްޓްރީ ކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަން އެމް.އެން.އޭ.ސީ.އައި ގެ މެމްބަރެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްދީފައިވަނީ މިއަދު އެވެ.
ފެނަކައިން ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ކުންފުނިތައް ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި ފެނަކައިން އެ ކުންފުނިތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާގައި ކުރިމަތިވެފައިވާ އުނދަގޫތަކާއި މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ހައްލެއް ހޯދުމަށް މަސަތްކަތް ކުރާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.