ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ސިއްރެއް ނުކުރާނަން: ސަރުކާރު

ހަލުވިކަމާއެކު ދިނިޔޭގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ، ޗައިނާގެ ވޫހާން އާއި ކައިރި ސަރަހައްދުތައް ވަނީ ކަރަންޓީންކޮށްފައި ކަމަށާއި ނަމަވެސް ކަރަންޓީން ކުރުމުގެ ކުރިން އެތައް މިލިއަން މީހުން ވަނީ ދުނިޔޭގެ އެތަން މިނިތަނަށް ދަތުރުކޮށްފައި ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މިފަދަ ދުވަސްވަރެއްގައި ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ޓްރޭވަލް އެޑްވައިޒަރީ ނެރެން ޖެހޭ ހާލަތެއްގައި ނެރޭނެ ކަމަށާއި ނަމަވެސް އަދި އެ ހާލަތަކަށް ނުދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ މުހިއްމީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާމުންދާ ކަމަށާއި އެކަންކަން ކުރަމުންދަނީ ޑަބްލިއުއެޗްއޯގެ ލަފަ އާއި އިރުޝާދު ވެސް ހޯދައިގެން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!