ކޮރޯނާވައިރަސްއާ ހެދި 2000 އަށް ވުރެ ގިނަ ބުކިންގ ކެންސަލް ކޮށްފި

ޗައިނާގައި ފެތުރި ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް ފެތުރިފައިވާ ނުރައްކާތެރި ކޮރޯނާވައިރަސްގެ ސަބަބުން 2،000 އަށް ވުރެ ގިނަ ޓޫރިޒަމް ބުކިން ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިން ހަދާފައިވާ ބުކިންތަކުގެ މޫވްމެންޓް ކޮންމެ ދުވަހަކުވެސް ބަލަމުންދާ ކަމަށާއި އެގޮތުން މިރެޔާ ހަމައަށް 2000 އަށްވުރެ ގިނަ ފަތުރުވެރިން ބުކިން ކެންސަލްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 1466 އެއީ ޗައިނާގެ ފަތުރުވެރިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި އަދަދު މައްޗަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މާދަމާގެ ވަގުތެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!