މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 27 މައްސަލަ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 27 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވަނީ މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި، މައްސަލަތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ. އެގޮތުން މިދިޔަ މަހު ޖުމުލަ 283 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ ތެރޭޣައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 66 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ އަދި ޖިންސީ ހާނީއްކައިގެ 27 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 14 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ އަދި ނަހަމަގޮތުގައި ބޭނުންކުރުމުގެ 4 މައްސަލަައެއް އެ މިނިސްޓްރީއަށް ހުށަހެޅި އެޓެންޑްކޮށްފައި ވެއެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 17 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ވެކްސިން ނުދިނުމުގެ 7 މައްސަލަ، ތަޢުލީމަށް ހުރަސް އެޅުމުގެ 6 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 2 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ އަދި ގަދަކަމުން ނުވަތަ މަޖުބޫރުން ކައިވެނި ކުރުވުމުގެ 1 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 30 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!