އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އާންމުކުރާ ހިމަބިއްސާ ގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް 113 މީހަކު ވަނީ ހިމަބިއްސަށް ޓެސްޓް ކޮށްފަ އެވެ. މީގެތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރި މީހުންގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ. އަދި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7 އަށް އަރާފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި މަހުގެ ކުރީކޮޅުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!