ކޮރޯނާ ވައިރަސް ކޮންޓްރޯލެއް ނުވޭ، މަރުގެ އަދަދު 100 އަށް

ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 100 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އެކަނިވެސް ވަނީ ގާތްގަނޑަކަށް ދެ ގުނަވެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ ވައިރަސް ޖެހިފައިވާ މީހުންގެ ރަސްމީ އަދަދު ހުރީ 2،835 ގަ އެވެ. އެކަމަކު އިއްޔެ އާންމުކުރި އަދަދު ހުރީ 4،515 ގަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށްމި ވައިރަސް ފެތުރިފައިވާއިރު، މި ކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި ޗައިނާއިންވަނީ އެގައުމުގައި މިހާރު ފާހަގަކުރަމުންދާ އާ އަހަރުގެ މުނާސަބާއާ ގުޅިގެންދޭ ޗުއްޓީއަށް 3 ދުވަސް އިތުރުކޮށްފައެވެ.

މި ރޯގާ އެންމެ ފުރަތަމަ ފެތުރެން ފެށީ ހޫބޭ ޕްރޮވިންސްގެ އެކި ސިޓީތައް އަދިވެސް ކަރަންޓީންކޮށްފައެވެ. މި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، އެކި ހިސާބުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!