ފޮޓޯ؛ ގޫގުލް

ކިއުގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ ޕޯޓަލްގައި 10000 އަށްވުރެ ގިނަ މީހުން ރަޖިސްޓާ ވެއްޖެ

ކިއުގައި ނުޖެހި ފްލެޓުތަކަށް ހުށަހެޅޭ ޕޯޓަލްގައި 10،000 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

“މަގޭ ހިޔާވެހި” ޕޯޓަލް ލޯންޗު ކުރީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ސަރުކާރުން ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާން ހުޅުވާލުމުން ކިއޫގައި ޖެހި ފޯމް ނަގައިގެން ހުށަހެޅުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެބްސައިޓެއްގައި ރެޖިސްޓާވެގެން ފްލެޓަށް ހުށަހެޅޭ ނިޒާމެކެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ހަސަން ހައްސާމް ވިދާޅުވީ ވަރަށް އަވަހަށް ބޯހިޔާވެހިކަމުގެ މަޝްރޫއުތަކަށް ހުޅުވާލާނެ ކަމަށާއި އެ ސްކީމްތަކަށް އެންމެ ފަސޭހައިން ކުރިމަތިލެވޭނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން މިހާރު ވެސް 10،000 އަށް ވުރެ ގިނަ މީހުން ރެޖިސްޓާވެފައިވާ ކަމަށެވެ.

“މިހާރު 10،000 މީހުން ރެޖިސްޓަރީ ވެއްޖެ. ޕޯޓަލް އިތުރަށް ޑިވެލޮޕްކޮށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތްް ހަދަން މަސައްކަތް ކުރަން. އަދި ރަޖިސްޓްރީ ވުމުގައި ދިމާވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހޮޓްލައިން ނަންބަރަކާއި ހެލްޕް ޑެސްކެއް ގާއިމް ކޮށްފައި ވާނެ،” ހައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕެންޝަން އޮފީހާއެކު މައުލޫމާތު ހިއްސާ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށާއި އެ ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުގެ ސަބަބުން ޕޯޓަލް އިތުރަށް ފުރިހަމަވެ ރަޖިސްޓާ ކުރާ ފަރާތްތަކަށް ޕޯޓަލް ބޭނުން ކުރަން އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!