ހައިވޭއިން ބްރިޖަށް އަރަންދިޔަ ޕިކަޕެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ، ހުޅުމާލޭ ހައިވޭއިން ބްރިޖަށް އަރަންދިޔަ ޕިކަޕެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ރިޕޯޓު ލިބުމާގުޅިގެން އެމް.އެން.ޑީ.އެފްގެ ފަޔަރ ޓީމް އެތަނަށް ދިޔައިރު އަލިފާން ނިންވާލާފައިވާކަމަށެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވީކަމުގެ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ.