20 ފުޅި ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި

20 ފުޅި ބަނގުރަލާއެކު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ އިން މާލެ އަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއްގައި ބަނގުރާ ހުރި ކަމަށް މިއަދު ހަވީރު 5:14 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ސަރަހައްދަށް ގޮސް އެ ޓެކްސީ ހުއްޓުވައި، ޓެކްސީގެ ޑިކީގައި ހުރި ދަބަސްތަކެއް ބަލައިފާސްކުރިއިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން އެޓެކްސީގައި ހުރި 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އަދި މިދެމީހުންނަކީވެސް ބަންގްލަދޭޝް މީހުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ޓެކްސީގެ ޑްރައިވަރަކަށް އިނީ ދިވެހި ފިރިހެނެއް ކަމަށާއި، އަދި ޓޭކްސީ އިން ދަތުރުކުރީ ދެ ބިދޭސީ ފިރިހެނުން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ބަނގުރާ ފުޅިތައް ފެނިފައިވަނީ ބިދޭސީ މީހާގެ އަތުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!