ކިހާދޫގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ދެ ޖަނަރޭޓަރު ގެންދަނީ

ބ. ކިހާދޫގެ ކަރަންޓްގެ މައްސަލަ މިހާރަށް ހައްލުކުރުމަށް ދެ ޖަނަރޭޓަރު އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމުގައި ފެނެކަ އިން ވިދާޅުވެއްޖެއެވެ.

ކިހާދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މިހާރުން މިހާރަށް ހައްލުކުރުމަށްޓަކައި ށ. މާއުނގޫދޫ އިން 160 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް ފެނަކައި އިން ވިދާޅުވެއެވެ. މީގެއިތުރުން ނ. ޅޮހިން 80 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް އެ ރަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ފެނަކައި އިން ވިދާޅުވެއެވެ.

ކަރަންޓްގެ މައްސަލައަކީ ގިނަ ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށް ވާއިރު، ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ އިން ދަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!