11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވިދާޅުވީ އުތުރުގެ ރަށެއްގައި 11 އަހަރުގެ ފިރިހެން ކުއްޖަކާ މެދު ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް މިދިޔަ މަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިއަދު މެންދުރު 12:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.