ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ ބަލި މީހުން އެކަހެރި ކުރާ ރަށަކަށް ފުނަދޫ

ޗައިނާގެ ވޫހާން ސިޓީން ފެނުނު ނުރައްކާތެރި ކޮރޯނާގެވައިރަސް ރާއްޖޭގައި ފެތުރި ފުޅާ ވެއްޖެ ނަމަ، މާލެ ކައިރީ އޮތް ފުނަދޫގައި އައިސޮލޭޝަން ފެސިލިޓީ އެއް ގާއިމް ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް ރޭ މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިއްޖެނަމަ ފުނަދޫ އަކީ ވައިރަސް ޖެހިފައިވާ މީހުން އެކަހެރި ކޮށްފައި ބައިތިއްބާ ރަށުގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ. ފުނަދޫގައި ހުސްކޮށް ހުރި ޖާގަތައް މިކަމަށް ބޭނުން ކުރުމަށް ސަރުކާރުން ހުއްދަ ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރިއްޖެނަމަ މިކަމަށް ބޭނުންވާ ވަސީލަތްތަކާއި ފަންނީ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ޕެނިކް ވާން ޖެހޭ ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅޭ އެއްވެސް ކަމެއް ސިއްރު ނުކޮށް ހާމަކުރަމުން ގެންދާނ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. 

މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ، ކޮރޯނާ ވައިރަސް ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފެނިއްޖެ ނަމަ ޑަބްލިއުއެޗްއޯ އާ ގުޅިގެން ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!