ޅ.ނައިފަރުގައި ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މަހުގެ އެކި ދުވަސްމަތިން ކުޑަކުދިންތަކަކަށް ނައިފަރުގެ އުމުރުން 60 އަހަރުގެ ފިރިހެނަކު ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 6:10 ހާއިރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.