ލަންކާގެ މަސްބޯޓެއް ހާލުގައި ޖެހުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ލަންކާގެ މަސްބޯޓެއް ހާލުގައި ޖެހުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނލަންކާގެ މަސްބޯޓެއް ހާލުގައި ޖެހުމުން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހަ މީހުންނާއެކު އޮޔާދާ މި ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހިގެން، އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ 17:00 ހާއިރު ކަމަށެވެ.

އެގޮތުން ފުރަތަމަ ރިޕޯޓް ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓަރ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާރު މި ބޯޓު އޮތީ، ކ.ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ނޫރައްދީން ލޯންޗުގައި ސިފައިން ދަނީ ހާލުގައި ޖެހިފައިވާ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އެ ބޯޓު އޮތް ސަރަޙައްދަށް މިހާރު ދަތުރުކުރަމުންނެވެ. ނޫރައްދީން ލޯންޗަށް އެ ސަރަޙައްދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 21:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!