ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަދި ހާސްވާކަށް ނުޖެހޭ

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަދި ހާސްވާކަށް ނުޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތެއް ހުރި އެއްވެސް ފަރާތެއް ފެނިފައި ނުވާ ކަމަށާއި ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ މިވަގުތު އޮތީ ހާސްވާންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ.

ނަމަވެސް މި ބައްޔަކީ ނުރައްކާތެރި އަދި ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ފަރުދީ ގޮތުން ވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރ ވަނީ މި ބަލީގެ އަލާމާތްތައް ދެނެގަތުމާއި މިފަދަ ބައްޔަކުން ރައްކާތެރިވުމަށް ފަންނީ ބޭފުޅުންގެ އެހީގައި މައުލޫމާތު ހޯދުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ކޮރޯނާ ވައިރަސްއާ ގުޅިގެން އާންމުންގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ވިދާޅުވީ “އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާ އިން ދެނެގަންނަނީ މީހާގެ ބޮޑީ ޓެމްޕަރޭޗާ. ބޮޑީ ޓެމްޕަރޭޗާ އަށް ބަލާފައި ފުރަތަމަ އިންވެސްޓިގޭޝަނުގެ ތެރެއިން އައިޑެންޓިފައި ކުރާނީ މި ބައްޔަށް ތުހުމަތު ކުރެވިގެން މީހާއާ ކުރަންޖެހޭ ސުވާލުތަކާއި ޓެސްޓުތައް ހެދުން ކަމަށެވެ.”

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!