ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އަޅަން 72 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހަވާލު ކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ އެވެ. މަސައްކަތް ހަވާލު ކުރީ 11 މަސް ދުވަހުގެ ތެރޭ ނިންމާށެވެ.

އެއްބަސްވުމުގައި، މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ސޯލިހް ޝަރީފް ސޮއި ކުރެއްވި އިރު އާރްސީސީގެ ފަަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

މި ހައުސިން ޔުނިޓުގައި ހިމެނެނީ ތިން ފްލޯގެ ތިން ބްލޮކާއި ހަތަރު ފްލޯގެ އެއް ބްލޮކެވެ. އެގޮތުން، ތިން ފްލޯގެ ބްލޮކްތަކުގައި 24 އެޕާޓްމަންޓު ޔުނިޓު އަދި ހަތަރު ފްލޯގެ ބްލޮކްތަކުގައި 28 އެޕާޓްމަންޓު ޔުނިޓު ހިމެނޭނެ ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ.

އަދި، މާފިލާފުށިން ނައިފަރަށް ބަދަލު ކުރި އާއިލާއަކަށް، އެއް ފްލޯގެ އެއް ހައުސިން ޔުނިޓުވެސް މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ މިއީ، 1000 އަކަފޫޓުގެ އަމިއްލަ ގޯއްޗެއްގައި އަޅާ ހައުސިން ޔުނިޓެކެވެ.

އެއީ، ތިން ކޮޓަރި ތިން ފާހަނާ އަދި ސިޓިން ރޫމަކާއި ސްޓޯރޭޖް އޭރިއާއެއް ހިމެނޭ ގޮތަށް އަޅަން ހަމަޖެހިފައިވާ ޔުނިޓެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!