ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާނޫނު ގެ ދަށުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އެ އަތޮޅު ކައުންސިލުން އިއުލާންކޮށްފިއެވެ.

ހދ.އަތޮޅު ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށްވެސް ހދ.އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.

އިތުރަށް އިޢުލާނުގައި ބުނެފައިވަނީ އަތޮޅު ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެރަށް ބަލަހައްޓައި ދިނުމަށް އެދޭ ފަރާތްތަކުން، 28 ޖަނަވަރީ 2020ވާ އަންގާރަ ދުވަހުގެ 13:00 އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 06 ފެބުރުވަރީ 2020 ވާ ބުރާސްފަތު ދުވަހު 11:00 އަށް އަގު ހުށަހެޅުއްވުން އެދޭ ކަމަށެވެ.

ކޭލަކުނަކީ ބިމުގެ ގޮތުން 80.23 ހެކްޓަރު ހުންނަ ރަށެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!