ކޮރޯނާވައިރަސް ޖެހިގެން ޑޮކްޓަރަކު މަރުވެއްޖެ

ޗައިނާގައި މިހާރު ފެތުރެެމުންދާ ކޮރޯނާވައިރަސް ޖެހިގެން ހުބެއި ޕްރޮވިންސްގެ ޑޮކްޓަރަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

މަރުވީ ހުބެއި ޝިންހުއާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ 62 އަހަރުގެ ޑޮކްޓަރެއް ކަމަށް ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވޯކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮރޯނާވައިރަސް މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނިފައި ވަނީ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީންނެވެ. އޭގެ ފަހުން ޗައިނާގައި މިހާތަނަށް ވަނީ 1320 މީހުންނަށް ބަލި ޖެހިފަ އެވެ. އޭގެ ތެރޭން 41 މީހަކު ވަނީ މަރުވެފަ އެވެ. ބަލި ފެތުރޭތީ ހަތް ސިޓީއެއް މިހާތަނަށް ވަނީ ކަރަންޓީން ކޮށްފަ އެވެ. އެ ސިޓީތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 56 މިލިއަނަށް އަރަ އެވެ.

ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ދަނީ ކޮރޯނާވައިރަސް ފެންނަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!