ވިލިމާލޭން ހައްޔަރުކުރި 6 މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފި

މަސްތުގެ ހާލަތުގައި ހުރެ، 12 އަހަރުގެ ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މީހަކަށް ކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވިލިމާލޭން ބަޔަކު ނިކުމެ އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މަރާމާރީގައި ވިލިމާލެ ހޮސްޕިޓަލުގެ ބިއްލޫރިތަށް ތަޅާ، ހަމަނުޖެހުން ހިންގި ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދެ މީހުންނާއި 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ ދެ މީހުން ކަމަށެވެ. އެ ހަ މީހުންނަކީވެސް ދިވެހި ހަ ފިރެހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ ހަ މީހުނަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!