ދުނިޔޭގެ އެންމެ އެންމެ މީރު 12 ރިހައިގެ ތެރޭގައި ރާއްޖޭގެ މަސްރިހަ

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ތަފާތު މީރު ރިހަތައް ތައްޔާރު ކުރާ އެތައް ގައުމެއް މި އޭޝިއާ ސަރަހައްދުގައި ހުރެ އެވެ. އިންޑިޔާއާ ޕާކިސްތާން އަދި ސްރީ ލަންކާ ފަދަ ގައުމުތަކަކީ އެކަމުގައި އެންމެ ކުރީގައި އުޅޭ ގައުމުތަކެވެ. އެހެން ނަމަވެސް ދުނިޔެއިން އެންމެ މަގުބޫލު 12 ރިހައިގެ ލިސްޓެއް ހެދިއިރު އޭގެ ހަވަނައިގައި ދިވެހި މަސް ރިހަ ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަގުބޫލު 12 ރިހައެއްގެ ލިސްޓް އެކުލަވައިލި އިރު، އޭގެ ތެރޭގައި ރާއްޖެ މި ވަނީ ހިމެނިފަ އެވެެ. އެއީ ދިވެހިންގެ ޒަމާންވީ މީރު މަސްރިހައާ އެކުގަ އެވެ. އެ ރިހަ ހިމެނެނީ ލިސްޓްގެ 6 ވަނައިގަ އެވެ.

މި ލިސްޓްގައި ދެން ހިމެނެނީ އިންޑިއާގެ ބަޓަ ޗިކެން، ޖެމެއިކާގެ ކަރީ ގޯޓް، ޖަޕާނުގެ ކަރީ ރައިސް، ދެކުނު ކޮރެއާގެ ޓިއެކްބޮކީ، މެލޭޝިއާ/އިންޑޮނީޝިއާގެ ބީފް ރެންޑަންގް، ޕާކިސްތާނުގެ ހަލީމް، ދެކުނު އެފްރިކާގެ ބަނީ ޗޯ، ލަންކާގެ ސިންހަލީސް ކަރީ، ތައިލެންޑްގް ގްރީން ކަރީ، ކެރީބިއަންގެ ކަރީ ކްރެބް އަދި އިންޑިއާ އުން އިނގިރޭސިވިލާތަށް ހިޖުރަކުރި ޓިއްކާ މަސާލާ އެވެ.

ރާއްޖޭގެ “މަސްރިހަ” ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެެ މަގުބޫލު 12 ރިހައިގެ ލިސްޓެއް އެކުލަވާލައިފައި ވަނީ ކެއްކުމާ ބެހޭ ފޮތްތަކެއް ލިޔެފައިވާ ކެނެޑާ އަށް އުފަން އެމެރިކާގެ ލިޔުންތެރިޔާ ކޮލީން ސެން، 75، ގެ ފޮތް “ކަރީ: އަ ގްލޯބަލް ހިސްޓަރީ” ގަ އެވެ.

އޭނާގެ މި މަގުބޫލު 12 ރިހައިގެ ވާހަކަ ސީއެންއެން ފަދަ މަޝްހޫރު މީޑިއާތަކުގައި ހިމެނުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް މިކަމަށް ހުއްޓިފައިވެ އެވެ.

ދިވެހި “މަސްރިހަ” އާ ބެހޭ ގޮތުން ކޮލީން ލިޔެފައިވާ ގޮތުގައި ރާއްޖެ އަށް ރިހައިގެ ރަހަގަނޑާއި ނުފޫޒު އައިސްފައި ވަނީ އިންޑިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!