14 އަހަރުގެ ކުއްޖަކާ ރޭޕްކުރި 4 މީހުންގެ ބަންދަށް 9 ދުވަސް

14 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި 4 ފިރިހެނުންގެ ބަންދަށް 9 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މެދު ރާއްޖެތެރޭގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ގޭންގް ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ހަތަރު ފިރިހެނުންގެ ބަންދަށް 9 ދުވަސް އިއްޔެ ކޯޓުން ޖަހާފައިވާ ކަމަށެވެ.

ގުރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެންފުލުހުން ބުނީ، އެމައްސަލަ ހުށަހަޅާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

އަދި އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންނާއި، 18 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!