ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ

އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ހުޅުދޫ ކަރީގައި އޮންނަ ރިސޯޓްގައި މަރުވެފައި ވަނީ ޗުއްޓީ ހޭދަކުރަމުން ދިޔަ އިޓަލީގެ 61 އަހަރުގެ ފިރިހިނެއް ކަމަށް ވަނީ އެނގިފަ އެވެ.

އޭނާ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެންގޮސް މަރު ކަށަވަރު ކުރުމަށް ފަހު، މިހާރު އަންނަނީ މޯޗަރީ އަށް ލުމަށް ހިތަދޫ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތްކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:08 ހާއިރު ކަމަށާއި، މަރުވެފައިވަނީ 62 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ އަސަރު ފެނިފައި ނުވާ ކަމަށާއި، އެކަމާ ގުޅިގެން ފުލުހުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!