ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ ބައްޕަ ދޫކޮށްލައިފި!

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި ބައްޕަ ދޫކޮށްލައިފި އެވެ.

މަސްތުވެގެން ހުރެ ބައްޕަ ކުރި އަނިޔާތައް ރޮމުން ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކޮށްލުމާ އެކު ވިލިމާލޭގެ ބަޔަކު ނުކުމެ އޭނާ މަގުމައްޗަށް ނެރެ އަނިޔާކުރީ އެވެ. އެކަން ހުއްޓުވައި އޭނާ އަށް ފަރުވާދޭން ވިލިމާލެ ހޮސްޕިޓަލަށް ފުލުހުން ގެންދިއުމުން އާއްމުންގެ ބަޔަކު ވަނީ އެތަނަށް ގާ އުކައި ހޮސްޕިޓަލުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލައިފަ އެވެ.

މިދިޔަ ހަފްތާގައި ލީކުވި މި އޯޑިއޯގައި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއަށް ޖިންސީ ގޯނާ އެކި ދުވަސް މަތިން ކުރަމުން އަންނަ ކަމަށް ކުއްޖާ ވަނީ ބުނެފަ އެވެ. އަދި، ގޯނާގެ އަމަލުތައް ސިއްރުކޮށް އިންޒާރު ދިން ކަމަށްވެސް އެ ކުއްޖާ ކައިރީ ބުނެފައިވާ ކަމަށް އޯޑިއޯގައި ކިޔައިދެ އެވެ. މި އަމަލުތައް ހިންގާ އިރު ކުޑަ ކުއްޖާގެ ބައްޕަ ހުރީ މަސްތުގެ ހާލުގައި ކަމަށް ތަކުރާރުކޮށް އޯޑިއޯގައި ކުއްޖާ ބުނެ އެވެ.

އަނިޔާ ލިބުނު ކުއްޖާގެ ވާހަކަ އިން އާންމުން ރުޅިގަދަވެ، ކުއްޖާގެ ބައްޕަ ފުލުހުންނާ ހަވާލުކުރި ނަމަވެސް, އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ވިލިމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެ މިހާ ވަނީ ހަމަ އެރޭ ދޫކޮށްލައިފަ އެވެ.

އެކަމަކު، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!