ވުހާން ވައިރަސްއާ ގުޅިގެން ޖަޕާނުގައި ތިބި ހުރިހާ ދިވެހިން ވެސް އެމްބަސީގައި ރަޖިސްޓްރީވާން އެދެފި

ހަލުވިކަމާ އެކު ފެތުރެމުންދާ ވުހާން ވައިރަސްއާ ގުޅިގެން ޖަޕާނުގައި ތިބި ހުރިހާ ދިވެހިން ވެސް އެމްބަސީގައި ރަޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޗައިނާއިން ފެނުނު ވުހާން ވައިރަސް ޖެހިގެން މިހާތަނަށް 40 މީހުން ވަނީ މަރުވެފަ އެވެ. އެކި ގައުމުތަކުން 1،700 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް މިހާރު ވަނީ ފެނިފައިވާއިރު، ހަލުވިކަމާ އެކު އެ ވައިރަސް ފެތުރެމުންދާ ކަމުގެ އިންޒާރު ގައުމުތަކުން ދަނީ ދެމުންނެވެ. ޖަޕާނުގެ ތިން މީހެއްގެ ގައިން ވެސް ވަނީ އެ ވައިރަސް ފެނިފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުގައި މިހާރު ތިބި ހުރިހާ ދިވެހިން ވެސް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށާއި ވައިރަސް ޖެހުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން އެދޭ ކަމަށެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!